އައްޑޫ ސިޓީ ބިން ހިއްކަން ބޭނުންވާ ބައެއް ސާމާނު އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ.
އައްޑޫގެ ބިން ހިއްކުމަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބޮޑު މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާއެެވެ. އެ ކުންފުނިން މިއަދު ވަނީ މަސައްކަތަށް ބޭނުންވާ ސާމާނުވެސް އަައްޑޫ ސިޓީއަށް ގެންގޮސްފައެވެ.
މީގެކުރިން، ޖުލައިމަހުވެސް އެ ކުންފުނިން ވަނީ އައްޑޫ ބިން ހިއްކަން ބޭނުންވާ ސާމާނު ގެންގޮސްފައެވެ.
އައްޑޫ ބިން ހިއްކަން ބޭނުންވާ ސާމާނު އެ ސިޓީއަށް ގެންދިޔަ ނަމަވެސް، އައްޑޫ ބިން ހިއްކަން ފަށާނެ ދުވަހެއް އަދިވެސް ނޭނގެއެވެ. މީގެކުރިން ސެޕްޓެމްބަރުމަހުވެސް އެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ބުނިނަމަވެސް އެކަން ފަށާފައެއް ނުވެއެވެ. އަދި މިހިނގާ ޑިސެމްބަރުމަހުވެސް އެ މަސައްކަތް ފަށާނެކަމަށް އޮތީ އިއުލާންކޮށްފައެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.

Cargo vessel "HC MELINA" arrived at Hithathoo Port today with machineries and equipment of Dutch Maritime contracting company Van Oord.
— Hithadhoo Port Limited (@adduport) December 24, 2022
Van Oord is contracted to carry out the land reclamation project of Addu City. pic.twitter.com/AhkmmsZgEc
މީގެކުރިން، ޖުލައިމަހުވެސް އެ ކުންފުނިން ވަނީ އައްޑޫ ބިން ހިއްކަން ބޭނުންވާ ސާމާނު ގެންގޮސްފައެވެ.
އައްޑޫ ބިން ހިއްކަން ބޭނުންވާ ސާމާނު އެ ސިޓީއަށް ގެންދިޔަ ނަމަވެސް، އައްޑޫ ބިން ހިއްކަން ފަށާނެ ދުވަހެއް އަދިވެސް ނޭނގެއެވެ. މީގެކުރިން ސެޕްޓެމްބަރުމަހުވެސް އެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ބުނިނަމަވެސް އެކަން ފަށާފައެއް ނުވެއެވެ. އަދި މިހިނގާ ޑިސެމްބަރުމަހުވެސް އެ މަސައްކަތް ފަށާނެކަމަށް އޮތީ އިއުލާންކޮށްފައެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު