ރާއްޖޭގެ ބޯޑަރ މައިލްސް ޕްރޮގްރާމްގެ އެންމެ މަތީ ޖަރަޖަ ކަމަށްވާ އަބާރަނައިގެ މެންބަރުކަން ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުރުގުއޭގެ ފޯވާޑް ލުއިޒް ސުއާރޭޒަށް ދީފިއެވެ.
ލުއިޒް ސުއާރޭޒަށް ރާއްޖޭގެ ބޯޑަރ މައިލްސް ޕްރޮގްރާމްގެ އެންމެ މަތީ ޖަރަޖަ ކަމަށްވާ އަބާރަނައިގެ މެންބަރުކަން ދިނީ ވޯލްޑް ކަޕް ނިންމާލުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އޭނާ ރާއްޖެ އައުމުންނެވެ.
ލުއިސް ސުއަރޭޒަށް އަބާރަނަ މެންބަރުކަން ދީފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް ބޯޑަރ މައިލްގެ ފަރާތުންނެވެ.
ބޯޑަރ މައިލްސްގެ އަބާރަނައިގެ މެމްބަރުކަން ސުއާރޭޒަށް ލިބުމާއި ގުޅިގެން އޭނާ ވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ބުނެފައެވެ. އަދި ބޯޑަރ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާކަމަށްވެސް ސުއާރޭޒް ވަނީ ބުނެފައެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެ އައުން ހުއްޓި، އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

The famous Uruguayan professional football player, @LuisSuarez9 is an Abaarana member of the world’s first destination loyalty program, the Maldives Border Miles.
— Maldives Border Miles (@BorderMilesMv) December 25, 2022
Read more: https://t.co/fuakWoI7Qr#bordermilesmv #visitmaldives #Maldives #LuisSuárez #Suarez pic.twitter.com/r8o0K2dWIP
ބޯޑަރ މައިލްސްގެ އަބާރަނައިގެ މެމްބަރުކަން ސުއާރޭޒަށް ލިބުމާއި ގުޅިގެން އޭނާ ވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ބުނެފައެވެ. އަދި ބޯޑަރ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާކަމަށްވެސް ސުއާރޭޒް ވަނީ ބުނެފައެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެ އައުން ހުއްޓި، އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު