އައްޑޫ ސިޓީ ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ ހުކުރުދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކެޑެމީ ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ އައު އަހަރާ ދިމާކޮށް ރަށުތެރޭގައި ބަނގުރާ ބޭނުންކުރުމާއި ރަށުތެރޭގެ މަސްލަހަތު ނަގައިލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި ހިތަދޫގެ އެކި ސަރަހައްދުތަކާއި ފަޅު ގޯތިތައް ބަލައި ފާސްކޮށްފައިވާކަމަށާއި އެގޮތުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު