މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޝިމާޒު އަލީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ބަދަލުކޮށްފިއެވެ.
ޝިމާޒު އަލީއަކީ ރައީސް މައުމޫނުގެ އެމްއާރްއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ޓްރާންސްޕޯޓުން ޔޫތު މިނިސްޓްރީއަށް ޝިމާޒު ބަދަލުކުރެއްވި ސީދާ ސަަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ މަސައްކަތްކުރައްވާ މިނިސްޓްރީ ބަދަލުކޮށްފައި މިވަނީ، އޭނާ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޓްރާންސްޕޯޓު މިނިސްޓްރީ ތެރޭގައި އޭނާއާ ގުޅުވައިގެން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މީގެއިތުރުން ޝިމާޒާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ދެމެދު ވަނީ ވަރަށް ބޮޑަށް މައްސަލަވެސް ޖެހިފައެވެ. އަދި ޝިމާޒަށް ފިޔަވަޅު އަޅައިދޭން މިނިސްޓަރ ނަހުލާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު