ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލީ ނޭވާ ހާސްކޮށްލައިގެން ކަމަށް ޕޯސްޓްމޯޓަމްގެ ނަތީޖާ އާއި ހަވާލާދީ ފުލުހުން މިރޭ ބުނެފި އެވެ.
ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ނަތީޖާއާ ހަވާލާދީ ފުލުހުން މިރޭ މީޑީޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.
ނިޝާމާ މަރުވި ސަބަބު ހާމަކުރުން ފިޔަވައި ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ހދ. ނޮޅިވަރަމްގައި ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހުގެ 12:30 ހާއިރު އޭނާ ދިރިއުޅޭ ކޮޓަރީގައެވެ. މިރޭގެ މަޣްރިބް ނަމާދަށްފަހު ނިޝާމާގެ ހަށިގަނޑު ވަނީ އާސަހަރާގައި ވަޅުލާފަ އެވެ.
ރާއްޖެއިން ބޭރުގައި ޕޯސްޓްމޯޓަމެއް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނައީ މިއަދުއެވެ.
ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލަށެވެ. އެމައްސަލައިގައި އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހދ. ކުޅުދުއްފުށީގައި ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު ވަނީ ދަންޖެހިފައެވެ.
ފައިސަލް ދަންޖެހުމުން ފުލުހުން ވަނީ އޭނާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ފައިސަލް މިމަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު