މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށާ، އަދި އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީއަށް 3 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ އާރްޑީސީ އާއި ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި އެމަނިކުފާނު ވަނީ ޤައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމުގައި ވިދާޅުވެ އެކަން އެގޮތަށް ކުރުމަށް ބާރުއަޅުއްވާފައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާރްޑީސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއްކަމަށެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އާރްޑީސީ އިން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާކަމަށާ، އަދި އިޖުތިމާޢީ ކަންކަމުގައިވެސް އެކުންފުނިން ބައިވެރިވާކަން ފާހަގަކުރައްވައިފައެވެ.
މި ޙަފްލާގައި ބްލައިންޑް އެސޯސިއޭޝަނަށް ދެވޭ ރަމްޒީ ހަދިޔާ ޙަވާލުކުރުމާއި، ކޯޕަރޭޓިވް އެޑިއުކޭޝަން ޕްރޮގްރާމް (ބިނާވެހި) ލޯންޗުކޮށްފައިވެއެވެ. މީގެ އިތުރުން މި ޙަފްލާގައި އެކި ދާއިރާތަކުން މުވައްޒަފުންނަށް އެވޯޑު ޙަވާލުކުރުންވެސް ކުރިއަށްދިޔައެވެ. އެގޮތުން މި ޙަފްލާގައި އާރް.ޑީ.ސީގެ މުވައްޒަފުންނަށް ޢުމަރު ޒާހިރު އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި މި ޙަފްލާގައި އާރު.ޑީ.ސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން 9 ޖޫން 2019 ގައި އާރްޑީސީ އުފެއްދެވީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތެއްކަމުގައި މި ސަރުކާރުން ދެކިލައްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު