ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާމެންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެެވެ.
މާމެންދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ސަރުކާރުން ރަށްރަށުގެ މަޝްރޫޢުތައް ކުރިޔަށްގެންދަން ބޭނުންވަނީ ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މާމެންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރަންޖެހިފައިވުމާ، ކައުންސިލް ޢިމާރާތް ބާވެފައިވުމުން އައު ޢިމާރާތެއް ބޭނުންވާކަމާއި، މާމެންދޫގެ އިޙްތިޞާޞްގައި ހުޅިމެންދޫ ހިމަނައިދެއްވުމަށާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށާއި، މާމެންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުމަށާއި، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދަންޖެހިފައިވުން ހިމެނެއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ ގޮތެއް ހޯދައިދެއްވުމަށާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށާއި، މިހާރު ކުރިޔަށް ގެންދާ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.
މާމެންދޫ އ.ތ.މ. ކޮމިޓީއިން ވަނީ އަންހެނުންނަށް ޚާއްޞަ ޖިމެއް ބޭނުންވާކަމަށާ، އޮފީސް ޢިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު