ގއ. މާމެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އެރަށުގެ މަގުހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު މާމެންދޫ އައު އިންޖީނުގޭ ސަރަޙައްދުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާމެންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މިގޮތުން މާމެންދޫގައި މިހާރު ކުރިޔަށްގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ވަރަށް ރަނގަޅަށް ކުރިޔަށްދާކަން ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވަނީ މިއަދު މާމެންދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ވަރަށް ގިނަ ކަންކަމަށް ޙައްލުތަކެއް ހޯދުމަށް ސަރުކާރުން ނިންމި ގޮތްތައް އިޢުލާންކޮށްދެއްވައިފައެވެ. އަދި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މާމެންދޫގެ މަގުހެދުމުގެ މަސައްކަތް ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާމެންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އަށް ދަންނަވާފައެވެ. މިގޮތުން މާމެންދޫ ރައްޔިތުން ދެންނެވި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.
ރައީސް ވަނީ މާމެންދޫ ރައްޔިތުން ފާހަގަކުރި ގިނަ ކަންކަމުގެ ފަހުގެ މަޢުލޫމާތު ދެއްވާފައެވެ. އަދި ގޯތިދޫކުރުމަށް ލޭންޑް ޔޫޒް ޕްލޭން އެކަށައެޅުމުން ގޯތިދިނުމުގެ މަސައްކަތްތައް ކައުންސިލުން ބޭނުންގޮތަކަށް ކުރިޔަށްގެންދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންފައިވަނީ ދާންދޫ އާއި ނިލަންދޫއަށެެވެ.

ކިޔުންތެރިންގެ ހިޔާލު