ގއ. މާމެންދޫގައި މި ސަރުކާރުން އިމާރާތްކުރި އާ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

އާ އިންޖީނުގެ ހުޅުއްވައިދެއްވީ މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިއީ އެ ރަށުގައިހުރި 22 އަހަރުވީ މުސްކުޅި އިމާރާތް ދޫކޮށްލާ ޖާގައިގެގޮތުން ތަނަވަސް، ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީ ކުރެވިފައިވާ އޮފީހަކަށް ބަދަލު ކުރުމަށް ފެނަކައިން ކުރި މަސައްކަތުން ނިންމާލާފައިވާ މަޝްރޫއެކެވެ.

ފެނަކައިން ބުނީ، އަލަށް އިމާރާތް ކުރި އޮފީސް އިމާރާތުގައި މީޓިންގ ރޫމް، މެނޭޖަރ ރޫމް، ރިސެޕްޝަން އެންޑް ލޮބީ، ޖެނެރަލް އޮފީސް، ސްޓޯރ ރޫމް، ޕޭންޓްރީ، ޓެކްނިކަލް ސްޓާފް ރޫމް އަދި ފާހާނާތައް ވެސް ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާހާނާ، ޗިމްނީ، ޑޭ ޓޭންކް އަދި ޑީސަން ޓޭންކް ހިމެނޭނެކަމަށެވެ.

އަދި އިންޖީނުގެ ޑިޒައިން ކުރެވިފައިވަނީ 600 ކިލޯވޯޓުގެ 03 ޖަނަރޭޓަރ ސެޓް އަދި 800 ކިލޯވޯޓުގެ 01 ޖެންސެޓް ބެހެއްޓޭގޮތަށް ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެއެވެ.

ފެނަކައިން ދަނީ ރަށްރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު