ހއ. އުލިގަމުގައި ފުޓްސަލް ގޯލެއް ބޮލަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، އުލިގަމުގައި ފުޓްސަލް ކުޅެން އުޅުނު ކުޑަކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު 17:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

އަދި އެ ހާދިސާގައި ގޯލް ޕޯސްޓް ބޮލަށް ވެއްޓުނު 9 އަހަރުގެ ކުޑަކުއްޖާ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާދިސާ ހިނގާދިޔަގޮތުގެ އިތުރު ތަފުސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު