ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓު ޢަބްދުﷲ ނަޒީމް ކާމިޔާބު ކުރީ 613 ވޯޓާއެކުއެވެ.
އޭނާއާއި އެންމެ ގާތުން ވާދަކުރީ ޕީޕީއެމްގެ ކެންޑިޑޭޓު ފާޠިމަތު ޢަލީއެވެ. އޭނާއަށް ލިބުނީ 544 ވޯޓެވެ. އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އަޙްމަދު ޙުސައިނަށް ލިބުނީ 298 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 35 ވޯޓެއް ލާފައިވެއެވެ.
މިހާތަނަށް އެއްކުރެވިފައިވާ ނަތީޖާއިން މިގޮތަށް ދެއްކިނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް ނަތީޖާ އިއުލާނު ކޮށްފައެއް ނުވެއެވެ.
ދުވާފަރު ކައުންސިލުން ގޮނޑިއެއް ހުސްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އެ މަގާމުގައި ހުންނެވި ކައުންސިލަރު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެނެވެ. އަދި ދެން ތިއްބެވި ކައުންސިލަރުންވެސް އެ ތުހުމަތުގައި މިވަގުތު ތިއްބެވީ ސަސްޕެންޝަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު