އިންޑިޔާ ހައިކޮމިޝަނުގައި ހުޅުޖަހަން ހިތްވަރު ދޭގޮތަށް ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓް ކުށްވެރިކޮށް، ދިވެހި ސަރުކާރުން ބަޔާނެއް ނެރެފިއެވެ.
ސަރުކާރުން މި ބަޔާން ނެރެފައި މިވަނީ އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލަން ހިއްވަރު ދޭ ގޮތަށް ކުރި ޓްވީޓެއްގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ދިވެހި ހާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނުގައި އިންޑިއާ ހައިކޮމިޝަނުގައި އަލިފާން ރޯކޮށްލާ، ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ދެއްކި ވާހަކަތައް ސަރުކާރުން ވަނީ ހަރުކަަށިކޮށް އިބާރާތުން ކުއްވެރިކޮށްފައެވެ.
ހާރިޖިއްޔާގެ ބަޔާނުގައި މި އިންޒާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.
ހާރިޖިއްޔާގެ ބަޔާނުގައި ބުނީ މިފަދަ އިންޒާރުތައް ދީ އަމަންއަމާންކަން ނަގާލުމަށް ހިންގާ އަމަލުތައް ބަލައިނުގަނެވޭނެކަމަށެވެ.
އިންޑިޔާ ހައިކޮމިޝަން ރޯކޮށްލަން ހިތްވަރުދީފައިވަނީ ސަރުކާރުގެ ކުރީގެ ތަރުޖަމާނުގެ މަގާމު އަދާކޮށްފައިވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ޓްވީޓްކުރާ އެކައުންޓަކުންނެވެ. ނަމަވެސް އައްބާސް ވަނީ އެއީ އޭނާގެ ޓްވިޓަރ އެކައުންޓެއް ނޫންކަމަށް މީގެކުރިންވެސް ވިދާޅުވެފައެވެ.

Statement by the Government of Maldives on the incitement of arson and terrorism targeted at the High Commission of India in Maldives
— Ministry of Foreign Affairs 🇲🇻 (@MoFAmv) December 24, 2022
📃 Press Release | https://t.co/CAyIZfdrsN
ހާރިޖިއްޔާގެ ބަޔާނުގައި މި އިންޒާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.
ހާރިޖިއްޔާގެ ބަޔާނުގައި ބުނީ މިފަދަ އިންޒާރުތައް ދީ އަމަންއަމާންކަން ނަގާލުމަށް ހިންގާ އަމަލުތައް ބަލައިނުގަނެވޭނެކަމަށެވެ.
އިންޑިޔާ ހައިކޮމިޝަން ރޯކޮށްލަން ހިތްވަރުދީފައިވަނީ ސަރުކާރުގެ ކުރީގެ ތަރުޖަމާނުގެ މަގާމު އަދާކޮށްފައިވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ޓްވީޓްކުރާ އެކައުންޓަކުންނެވެ. ނަމަވެސް އައްބާސް ވަނީ އެއީ އޭނާގެ ޓްވިޓަރ އެކައުންޓެއް ނޫންކަމަށް މީގެކުރިންވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު