ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން" އަށް ވިދާޅުވީ، ކުޅުދުއްފުށީގައި ދިރިއުޅެމުންދާ މީހެއްގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން އިއްޔެ ފުލުހުންނަށް ރިޕޯޓު ކުރިކަމަށެވެ.
އަދި އެ މައުލޫމާތު ލިބުމާއިއެކު އެމީހާ ދިރިއުޅެމުންދާ ގެއަށް ރޭގެ ވަގުތެއްގައި ފުލުހުންގޮސް ބެލިއިރު އޭނާ އެގޭތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށާއި މަރުވެފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.، ފުލުހުން ބުނެފައިވަނީ އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު