އަހުމަދު މަސްނޫމް   24 ޑިސެމްބަރު 2022 - 16:47
އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ އިބްރާހިމް ދީދީގެ ތާއީދުވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް އޮތްކަން ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި ރައީސް ސާލިހަށް ޑީޑީގެ ތާއީދު އޮތްކަން ހާމަކުރެއްވިީ ރައީސް ސާލިހަށް ތައުރީފް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޑީޑީ ވިދާޅުވީ މުޅި ދުނިޔެއަށް އައިސްފައިވާ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައިން ލޯލާރިއެއްވެސް ކުޑަ ކޮށްފައިނުވާކަމަށެވެ. އަދި ތަރައްގީ އެއްވެސް މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދެވޭކަމީ ރައީސް ސާލީހުގެ ހިކުމަތު އަމަލީގެ ކުޅަދާނަކަން ސާބިތުކޮށްދޭކަމެއްކަމަށް ޑީޑީ ވިދާޅުވިއެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލީހާއި ރައީސް ނަޝީދު ވާދަކުރައްވާއިރު، އެމްޑީޕީގެ ލީޑަރޝިޕްގެ ތާއީދު އޮތީ ރައީސް ސާލީހަށްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު