އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ 2 ކެނޑިޑޭޓުންވެސް ރީތި ކެމްޕެއިނެއް ކުރުމަށް ޔޫތު މިނިސްްޓަރ އަހުމަދު މަހްލޫފް ގޮވާލައިފިއެވެ.
މަހްލޫފް މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 20 ހާސް މެންބަރުންގެ ތާއީދާއެކު ރައީސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށައަޅުއްވާފައިކަމަށެވެ. އަދި ފާއިތުވި 4 އަހަރުގެ ތަޖުރިބާއަށް ބައްލަވާފައި ތާއީދުކުރައްވާނީ ރާއީސް ޞާލިޙްއަށްކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ 2 ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއްކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސާލިހު ފޯމް ހުށަހަޅުއްވާފައިވާއިރު އެމަނިކުފާނު ވަނީ 20000 މީހުންގެ ސޮއި ހަމަކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ހުށަހެޅުއްވި ސޮއެގެ އަދަދެއް ހާމައެއް ނުކުރެއެވެ. އިންތިހާބުގައި ވާދަކުރުމަށް މަދުވެގެން ހުށަހަޅަން ޖެހެނީ 500 ސޮއެވެ.

20 ހާސް މެންބަރުންގެ ތާއީދާއެކު ރައީސް @ibusolih ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށައަޅުއްވާފަ.
— Ahmed Mahloof (@AhmedMahloof) December 24, 2022
ފާއިތުވި 4 އަހަރުގެ ތަޖުރިބާގައި އަޅުގަނޑުގެ ތާއީދުވަނީ ރާއީސް ޞާލިޙް އާއިއެކު.
ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް
ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއް. pic.twitter.com/lAf0N4dOUN
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސާލިހު ފޯމް ހުށަހަޅުއްވާފައިވާއިރު އެމަނިކުފާނު ވަނީ 20000 މީހުންގެ ސޮއި ހަމަކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ހުށަހެޅުއްވި ސޮއެގެ އަދަދެއް ހާމައެއް ނުކުރެއެވެ. އިންތިހާބުގައި ވާދަކުރުމަށް މަދުވެގެން ހުށަހަޅަން ޖެހެނީ 500 ސޮއެވެ.
ކިޔުންތެރިންގެ ހިޔާލު