ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދައިގެން މާލެ ގެނަޔަސް، ޕޯސްޓް މޯޓަމްގެ ނަތީޖާއާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދައްކައެވެ.
މިމަހުގެ 10 ވަނަ ދުވަހު ނިޝާމާ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ނިޝާމާ މަރުވެފައި ވަނިކޮށް ފެނިފައިވަނީ އޭނާގެ ހަބަރެއްގެ ނުވެގެން އާއިލާއިން ގޮސް އޭނާގެ ކޮޓަރި ބެލުމުންނެވެ.
ނިޝާމާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ އދ. ފެންފުށީ، އަބޫބަކުރު ފައިސަލް މިހާރުވަނީ ނިޔާވެފައެވެ. އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ޢުމުރުން 32 އަހަރުގެ ފައިސަލް މަރުވީ މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 8:28 ގައެވެ.
ނިޝާމާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ފައިސަލް ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުން ފުރައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސް ކުޅުދުއްފުށީ ފުލުހުންނާ އަމިއްލައަށް ހަވާލުވުމުންނެެވެ. ނިޝާމާގެ މަރުގެ މައްސަލަައިގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފައިސަލްގެ މައްޗަށް ތުހުމަތުކުރެވި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ނިޝާމާއާއި ފަައިސަލް ކައިވެނިކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އދ. ފެންފުއްޓަށް ނިސްބަތްވާ ފައިސަލް އުޅުނީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ކިޔުންތެރިންގެ ހިޔާލު