އަނިޔާވެރިކަމުގެ އަމަލުތައް ހިންގަން ގޮވާލާނަމަ އެކަން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ، ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލުމަށް ގޮވާލާ ޓްވިޓަރ އެކައުންޓަކުން ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ފުލުހުންގެ އިދާރާއިން ސީރިއަސްކޮށް ނަގާނެ މައްސަލަތައް ކަމަށެވެ.



ހަމީދު ވިދާޅުވީ ސޯޝަލް މީޑިއާގައި ނަފްރަތު ފެތުރުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް ކަމާއިބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

އިންޑިޔާ ހައިކޮމިޝަންގައި ރޯކޮށްލުމަށް ގޮވާލީ އައްބާސް އާދިލް ރިޒާގެ ނަމުގައި ޓްވީޓްކުރި އެކައުންޓަކުންނެވެ. އެކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު