ކަރަންޓުގެ ޚިދުމަތް ހޯދަން ސަލާންޖެހުމަކީ ލަދުވެތި ކަމެއް ކަމަށާއި، މިހާ ދުވަހު އެކަން އެހެން އޮތީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާތީކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ގއ. ނިލަންދޫ އައު އިންޖީނުގެއިން ޚިދުމަތް ދިނުން ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަރަންޓާއި ފެން، އަދި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް އާންމުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ވައުދުކަމަށެވެ. އަދި މި ވެރިކަން ނިމޭއިރު އަސާސީ ކަންކަން ހުރިހާ ރަށެއްގައި ފުރިހަމަވެފައި ހުންނާނެކަން ކަށަވަރުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަސާސީ ޚިދުމަތް ކަމަށްވާ ކަރަންޓުގެ ޚިދުމަތް ހޯދަން މީހުން ކައިރީ އާދޭސްކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަިދި މިހާ ދުވަހު އެކަން އެހެން އޮތީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުންމިހާތަނަށް އައި އިރު 144 ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެކަމަށެވެ. އަދި ޖުމްލަ 313 ޖަނަރޭޓަރު އެކި ރަށްރަށަށް ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގައި ފެނަކައިގެ އޮފީސް އިމާރާތް ނިންމައިފިކަމަށެވެ.
"64 ރަށެއްގައި އެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ކުރިއަށް އެބައޮތް 38 ރަށް ޕްލޭންކޮށްފައި. ޖުމްލަ 146 ރަށުގައި އިންޖީނުގެތައް ތަރައްގީކޮށް ބަދަލުކޮށް ކަރަންޓު ދިނުމުގެ މަޗްރޫތައް މިހާރު އެ ދަނީ ހިންގަމުން." ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19ގެ ދުވަސްވަރު ކަރަންޓްގެ ހިދުމަތް ތަރައްގީ ކުރުމުގެ މަސައްކަތް ވެގެން ދިޔައި ވަރަށް ދަތިވި ދުވަސް ވަރަކަށް ކަމަށެވެ. އެކަމަކު އެދަތި ޙާލަތުގައިވެސް އެކަންކަން ކުރިއަށް ގެންދެވުނީ ފެނަކައިގެ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ނިލަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމާއި ކުނީގެ މައްސަލަ ކަމަށެވެ. އަދި ބަނދަރާއި ރަށްގިރުމުގެ މައްސަލަ ޕްލޭނިންގ މިނިސްޓްރީން ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށާއ ކުނީގެ މައްސަލަ އަންނަ އަހަރަށް ބަޖެޓުކޮށް ކުރިއަށްދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ނިލަންދޫއަށް ވަޑައިގެންނެވީ ގއ.އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ދާންދޫއަށް ވަޑައިގަތުމަށްފަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ މާމެންދޫއަށެވެ.

This morning, President @ibusolih met with the members of the island community of G.A. Nilandhoo Island and spoke about the island's developmental plans. The administration seeks to carry forward its developmental agenda based on the needs of the respective island communities. pic.twitter.com/4qoV6Kkzfa
— The President's Office (@presidencymv) December 24, 2022
ރައީސް ވިދާޅުވީ މި ސަރުކާރުންމިހާތަނަށް އައި އިރު 144 ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެކަމަށެވެ. އަދި ޖުމްލަ 313 ޖަނަރޭޓަރު އެކި ރަށްރަށަށް ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގައި ފެނަކައިގެ އޮފީސް އިމާރާތް ނިންމައިފިކަމަށެވެ.
"64 ރަށެއްގައި އެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ކުރިއަށް އެބައޮތް 38 ރަށް ޕްލޭންކޮށްފައި. ޖުމްލަ 146 ރަށުގައި އިންޖީނުގެތައް ތަރައްގީކޮށް ބަދަލުކޮށް ކަރަންޓު ދިނުމުގެ މަޗްރޫތައް މިހާރު އެ ދަނީ ހިންގަމުން." ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19ގެ ދުވަސްވަރު ކަރަންޓްގެ ހިދުމަތް ތަރައްގީ ކުރުމުގެ މަސައްކަތް ވެގެން ދިޔައި ވަރަށް ދަތިވި ދުވަސް ވަރަކަށް ކަމަށެވެ. އެކަމަކު އެދަތި ޙާލަތުގައިވެސް އެކަންކަން ކުރިއަށް ގެންދެވުނީ ފެނަކައިގެ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ނިލަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމާއި ކުނީގެ މައްސަލަ ކަމަށެވެ. އަދި ބަނދަރާއި ރަށްގިރުމުގެ މައްސަލަ ޕްލޭނިންގ މިނިސްޓްރީން ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށާއ ކުނީގެ މައްސަލަ އަންނަ އަހަރަށް ބަޖެޓުކޮށް ކުރިއަށްދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ނިލަންދޫއަށް ވަޑައިގެންނެވީ ގއ.އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ދާންދޫއަށް ވަޑައިގަތުމަށްފަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ މާމެންދޫއަށެވެ.
ކިޔުންތެރިންގެ ހިޔާލު