އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެނޑިޑެސީ ފޯމް ހުށަހަޅުއްވައިފިއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން މެނޭޖަރ، ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ވިދާޅުވީ ‏2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ރައީސް ސާލިހު ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ރައީސްގެ ފޯމް ހުށަހަޅުއްވީ 20 ހާސްއަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ރައީސް ސާލިހު ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ހުށަހެޅުއްވީ ކިތައް ސޮއިކަމެއް ޔަގީނެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު