ވަކި މީހެއްގެ އަންބެއްވީމާ ކުރާ މަސައްކަތުގެ އުޖޫރަ އުނިކުރުމެއް ނޯންނަކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲގެ އަނބިކަނބަލުން ކިޔަވާ ވިދާޅުވާން ވަޑައިގެން ރާއްޖެއިން ބޭރުގައި ހުންނަވައިގެން ދައުލަތުގެ މަގާމެއްގެ މުސާރައާއި އިނާޔަތްތައް ނަގާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ޑރ. އިޔާޒު ވިދާޅުވީ ވަކި މީހެއްގެ އަންބެއްވީމާ ކުރާ މަސައްކަތުގެ އުޖޫރަ އުނިކުރުމެއް ނޯންނަކަމަށެވެ. އަދި ޙަދީޘްގައި އައިސްފައިވަނީ އުޖޫރައަށް މަސައްކަތް ކުރާމީހާގެ ގައިން ދާ ހިކުމުގެ ކުރިން އޭނާގެ އުޖޫރަ ދޭން ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.



އިޔާޒު ވިދާޅުވީ މަސައްކަތް ޙަވާލުކުރުމުގައި ޝަރްޢީ އަދި ޤާނޫނީ މައްސަލައެއް ނެތިފައި، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިވާނަމަ އުޖޫރަ ޙައްޤުވާނެކަމަށެވެ.



މީގެއިތުރުން މީސްތަކުން ފަޟީޙަތްކުރަން ޙަޤީޤަތް އޮޅުވާލާ ދޮގުވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ނުބަޔެއްކަމަށާއި ރުހުނަސް ނުރުހުނަސް ޙައްޤު ޤަބޫލުކުރަންޖެހޭކަމަށާއި އަދި ޙައްޤަށް ބަސް ބުނަން ޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

އިމްރާންގެ އަނބިކަނބަލުން ދައުލަތުގެ މަގާމެއްގައި ހުންނަވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އިމްރާން ވަނީ އެކަން ދޮގުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު