ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ހުވަފެނެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކުލަޖައްސަވައިދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ގދ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ، ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ހުވަފެނެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކުލަޖައްސަވައިދެއްވާނެ ކަމަށާއި އެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޮވިޑުގެ ހާލަތާއި އެކު ރާއްޖެއަށް އައި އިގްތިސާދީ ހީނަރުކަމާއެކު ރާއްޖެ ބަނގުރޫޓްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެން ނަމަވެސް ރާއްޖެ ބަނގުރޫޓް ނުވާކަމުގެ ޔަގީންކަން ރައީސް އޭރު ދެއްވި ކަމަށާއި އެމަނިކުފާނު ދެއްވި ޔަގީންކަމާއެކު ރާއްޖެ ބަނގުރޫޓް ވެފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ތަރައްގީގެ މަޝްރޫއަކަށް ވެސް ހުއްޓުމެއް ނާދޭ، ބަނގުރޫޓެއް ވެސް ނުވޭ. އިރާދަކުރެއްވިޔާ ރާއްޖޭގެ ރައްޔިތުން އުއްމީދުކުރާ ތަރައްގީގެ ހުރިހާ ހުވަފެނެއްގައި ރައީސް ކުލަޖައްސަވައިދެއްވާނެ، އެއީ އަޅުގަނޑުމެންގެ ރައީސުލްޖުމުހޫރިއްޔާގެ މި ރިޔާސަތުގެ ހަރުދަނާ ކަމަކީ،" ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު