އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާ ޖަލަށް ލިޔަސް 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އެ ޕާޓީގެ ނާއިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ފެލާލައިފި" މި ނަމުގައި މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމްވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ހާއްސަކޮށް މި ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، މި ސަރުކާރުންވަނީ ދިވެހި ރައްޔިތުން ފެލާލާފައިކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.
އަދި މިހާރު ރާއްޖޭގެ ކުރިމަގަށް ބޭނުންވަނީ ރައީސް ޔާމިންފަދަ ބޭފުޅެއް ކަމަށާއި، ރައީސް ޔާމީން ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކޮށްދެއްވާނެކަން ރައްޔިތުންނަށް ޔަގީންވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި މިހާރު ކޯޓުގައި އޮތް މައްސަލައިގައި ރައީސް ޔާމީން ޖަލަށްލާން ހުކުމްކޮށް ޖަލަށްލިޔަސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި އާދިއްތަ ދުވަހު ހުކުމް ކުރަން އޮތީ ތާވަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު