ސިޔާސީ ހިޔާލުތަފާތުވުމުގެ ތެރެއިން ވެސް އެއްވެސް ވިޔަފާރިއަކަށް މި ސަރުކާރުން ހުރަސް ނާޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގދ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިރޭ އެ ރަށުގައި ބެއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުމުގެ ތެރެއިންވެސް އެއްވެސް ވިޔަފާރިއަކަށް ހުރަސް ނާޅުއްވާނެ ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އަދި ވިޔަފާރިވެރިން ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަންނަވަން ވީކަމަށާއި، ސަރުކާރު އޮތީ، ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް ކޮށްދޭންޖެހޭ ކަންކަން ކުރަން ތައްޔާރަށް ކަމަށާއި އެގޮތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްވެސް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ބޮޑެތިކަންކަމުގެ ވާހަކަތަކަށް އަލިއަޅުވާލައްވާފައެވެ. ހާއްސަކޮށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންކަން ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު