ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ގއ. ދާންދޫ ރައްޔިތުންނާއި ބައްދަލުކުރަށްވައިފިއެވެ.
ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދާންދޫއަށް ރައީސް ސޯލިހް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސަށް ދާންދޫން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.
ރައީސް ވަނީ ދާންދޫ ސުކޫލަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މިއަދު ހަވީރު ދާންދޫ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދާންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ދާންދޫއަކީ މަސްވެރި ރަށެއްކަމަށާއި، މަސްވެރިންނަށް ދިމާވެފައިވާ އެތަކެއް މައްސަލަތަކަށް އެދެވޭ ޙައްލުތަކެެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެެވެ. އެގޮތުން ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދާންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މިގޮތުން ރަށުގެ ރައްޔިތުން ވަނީ ދާންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ބޭނުންތެރިކަމާއި، ދޯނި ފަހަރު އެހެލާނެ ޞަރަޙައްދެއް ޤާއިމުކުރުމާއި، މަސްކިރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އަދި، ރަށުގައި އެއަރޕޯޓެއް ޤާއިމްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަން އެރަށުގައި ކުރިޔަށް ގެންދަން ބޭނުންކަމާ އަދި އިތުރު އާމްދަނީއާއި ވަޒީފާގެ ފުރުޞަތު ފަހިވާނެ ގޮތެއް ބޭނުންވާކަން ފާހަގަ ކޮށްފައިވެެއެވެ.
މީގެ އިތުރުން ވެސް ރައްޔިތުން ވަނީ ދާންދޫއިން ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކަންކަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.
ރައީސް ވަނީ ދާންދޫ ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރުން ވީ ވަރަކުން ފުއްދަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ދާންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ދާންދޫ ޞިއްޙީ މަރުކަޒަށް ޒިޔާރްތަކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޞިއްޙީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. ދާންދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ލިބޭ ޞިއްޙީ މަރުކަޒެކެވެ.
ރައީސް ދާންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް މިއަދު ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

— The President's Office (@presidencymv) December 23, 2022

ކިޔުންތެރިންގެ ހިޔާލު