އަހުމަދު މަސްނޫމް   23 ޑިސެމްބަރު 2022 - 14:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ދައުރު މިނިމެނީކަމަށާއި، ނަމަވެސް އެއްވެސް ކަމެއްގެ ތަހުގީގު ރަނގަޅަށް ހިންގިފައިނުވާކަމަށް ބުނެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީއާއި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތްކުރައްވައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ވެންޓިލޭޓަރުތަކުގެ ހިޔާނާތަށް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ދައުރު ނިމޭއިރު މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައި ނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.



ރައީސް ނަޝީދު، ރައީސް ސާލިހަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވާއިރު ދެ ބޭފުޅުން އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައެވެ.

ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރަށްވަން މިހާރު ފޯމްވެސް ހުށަހަޅުއްވާފައެވެ. ރައީސް ސާލިހު ފޯމް ހުށަހަޅުއްވާފައި ނުވިނަމަވެސް، އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ގެންދަވަނީ ތާއީދު ފޯމްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު