ގައުމު ހިންގުމުގެ ނިޒާމް ކަނޑައަޅަންވާނީ ވަކި މީހަކު ވެރިކަމަށް ގެންނާކަށް ނޫންކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައެވެ.



އިމްރާން ވިދާޅުވީ ގައުމުގެ ހިންގުމުގެ ނިޒާމް ކަނޑައަޅަނީ ވަކި މީހަކު ވެރިކަމަށް ގެންނަން ނޫނީ ވަކި މީހަކު ވެރިކަމުން ދުރުކުރަން ނޫންކަމަށެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ގައުމުގެ ކުރިމަގު ވިއްސިވިހާލި ވެދާނެކަމަށާއި، އަދި ނިކަމެތިވާނީ ހަމަ ރައްޔިތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަޑިވަޅެއްގައެވެ. ނަމަވެސް ރައީސް ނަޝީދަށް އެކަމުގައި މިހާތަނަށް ލިބިވަޑައިގެންފައި ވަނީ ވަރަށް ފިނި ތަރުހީބެކެވެ.



ކިޔުންތެރިންގެ ހިޔާލު