ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުން ކުރާ އިތުބާރަކީ މުޅި ގައުމު ތަރައްގީކުރަން ދޭ އިތުބާރެއް ކަމެއް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ނިހާދު މިހެން ވިދާޅުވީ އަންނަމަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ޞާލިހަށް ތާއީދު ހޯދަން ސޮއިކުރަމުން ގެންދާ ފޯމްތަކުގެ ތެރެއިން ފޯމްތަކެއް ކެމްޕޭން މެނޭޖަރު އަހުމަދު ނާޝިޒާ ހަވާލުކުރުމާ ގުޅިގެން އެކަމަށް އިިޝާރަތްކުރަށްވަމުންނެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ރައީސް ސޯލިހަށް ބޮޑު ތާއީދެއް ޕްރައިމަރީގައި ލިބިވަޑައިގަންނަވާނެ ކަމަށެވެ. ރައީސަށް ތާއިދުކޮށް ސޮއިކޮށްފައިވާ ތާއިދު ފޯމްތައް ގިނަ ކަމަށާއި ބައެއް ފޯމްތައް އައުމުގެ މަގުމަތީގައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ.
"އެމްޑީޕީގެ މެމްބަރުން ރައީސް ސޯލިހަށް ކުރާ އިތުބާރަކީ މުޅި ގައުމު ތަރައްގީ ކުރަން ދޭ އިތުބާރެއް،" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ނިހާދު ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ ފޯމް ހުށައަޅުއްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވެނީ އެބޭފުޅަކު ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމާއެކު ޕާޓީއަށް ހުށައެޅުމުންނެެވެ. އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މާދަމާގެ ހަތަރެއް ޖެހުމުގެ ކުރިން އެކަމަށް އެދި ފޯމް ހުށައަޅަންޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.

Mirey 2000hrs ai hamayah libifai vaa thaaeedh Form thah Manager @Mnashiz aai havaalu kurevijje! Annan huri form thah gina! Baeh dhaairaa thakun form thah aumuge magumathee ga! MDP Memberun, Raees @ibusolih ah kuraa ithubaarakee mulhi gaumu tharaggee kuran dhey ithubaareh! #KKBK pic.twitter.com/J2lF2Xul9r
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 22, 2022
"އެމްޑީޕީގެ މެމްބަރުން ރައީސް ސޯލިހަށް ކުރާ އިތުބާރަކީ މުޅި ގައުމު ތަރައްގީ ކުރަން ދޭ އިތުބާރެއް،" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ނިހާދު ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ ފޯމް ހުށައަޅުއްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވެނީ އެބޭފުޅަކު ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމާއެކު ޕާޓީއަށް ހުށައެޅުމުންނެެވެ. އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މާދަމާގެ ހަތަރެއް ޖެހުމުގެ ކުރިން އެކަމަށް އެދި ފޯމް ހުށައަޅަންޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.
ކިޔުންތެރިންގެ ހިޔާލު