އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދު މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު މިރޭ ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ފޯމް ހުށައަޅުއްވާފައިވާ ކަމަށެވެ.
ނަޝީދު ރިޔާސީ ޕްރައިިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރެއްވީ މިދިޔަ އާދިއްތަ ދުވަހު ޕްރައިމަރީއަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލުމާއި ގުޅިގެންނެވެ. ރައީސް ނަޝީދަށް ތާއިދު ކުރާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން، މާލެ އާއި އަތޮޅުތެރޭގައި ވަނީ ކޮށްފައެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުން 500 މެންބަރުންގެ ތާއީދު ފޯމާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށައަޅަންޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާން ކުރަށްވާފައެވެ. ރައީސް ސާލިޙު ޕްރައިމަރީގައި ވާދަކުރަން ނިއްމަވައި އެމަނިކުފާނަށް ތާއިދު ކުރާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ކެމްޕޭން ޖަލްސާތަައް ވެސް މިރޭ ވަނީ ފަށާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ #MDP ގެ ޓިކެޓަށް ވާދަކުރެއްވުމަށް ކެންޑިޑޭޓްކަމުގެ ފޯމް ރައީސް @MohamedNasheed ހުށަހަޅުއްވައިފި. #Anni2023 pic.twitter.com/QoUHOul8xg
— Hassan Latheef🎈 (@HassanLatheef) December 22, 2022
ނަޝީދު ރިޔާސީ ޕްރައިިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރެއްވީ މިދިޔަ އާދިއްތަ ދުވަހު ޕްރައިމަރީއަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލުމާއި ގުޅިގެންނެވެ. ރައީސް ނަޝީދަށް ތާއިދު ކުރާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން، މާލެ އާއި އަތޮޅުތެރޭގައި ވަނީ ކޮށްފައެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުން 500 މެންބަރުންގެ ތާއީދު ފޯމާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށައަޅަންޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާން ކުރަށްވާފައެވެ. ރައީސް ސާލިޙު ޕްރައިމަރީގައި ވާދަކުރަން ނިއްމަވައި އެމަނިކުފާނަށް ތާއިދު ކުރާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ކެމްޕޭން ޖަލްސާތަައް ވެސް މިރޭ ވަނީ ފަށާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ހިޔާލު