ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެެެވެ.
އެމައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅީ އިދިކޮޅު ޕީޕިއެމްގެ ވަކީލުންތަކެއް ކަމަށްވާ އަސްއަދު ޝަރީފާއި އިބްރާހިމް ރަމީޒެވެ. އެ މައްސަލައިގައި ބުނެފައިވަނީ މި އަހަރު ފަސް ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ވެސް އެ ހަރަދުތައް ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ހުށައަޅާފައިވަނީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ. އާއި މާލިއްޔަތު ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.
އެމައްސަލަ ހުށައެޅުއްވި އަސްއަދު ޝަރީފު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައަޅަންޖެހެނީ ދުރާލައި ބޭނުންވާ ކަންކަން ކުރުމަށްޓަކައި ކަމަށެވެ. އެކަމަަކަށް ޚަރަދުކުރަން ކަނޑައެޅިފައިވާ ކަަމަކަށް ނޫނީ ޚަރަދުކުރުމަކީ ގާނޫނޫން މަނާކުރާކަމެއް ކަމަށް އައްސަދު ވިދާޅުވިއެެވެ.
"ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި 2023ގެ ބަޖެޓް ފާސްކުރަން ހުށައެޅިއިރު 2023ގައި ޚަރަދުކޮށްފައި ހުރި ކަންތައްތަކެއް މީގެ ތެރެއަށް ވައްދައިގެން ދަށްދަށުން ފާސްކޮށްލަން ކުރާ މަސައްކަތް މިއީ މިހާ ސާފުކޮށް އޮތް މައްސަލައެއްގައި އަޅުގަނޑުމެންގެ ކަންބޮޑުވުން މިއޮތީ." އައްސަދު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓަށް ހުށައެޅި އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އަމީރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފައެެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.
އެމައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނަމަވެސް އެ ނިންމުން މުރާޖައާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެމައްސަލަ ހުށައެޅި ވަކީލުންނަށް އެބައޮތެވެ.
މިއަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބައްދަން އިތުރު ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވާފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި އަހަރަށް މަޖިލީހުން ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުވީ 31.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ބަޖެޓުގައި ނެތް ފައިސާއެއް ޚަރަދުކޮށްފައި ނެތްކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އޭގެ އިތުރުން މިދިޔަ އަހަރުވެސް މަޖިލީހުގެ ލަފާގެމަތިން 2022 ގެ ބަޖެޓާއެކީ 2021 ގެ ބަޖެޓް ރިވައިސް ކުރި ކަމަށް މާލީ ވުޒާރާ އިން ވަނީ ބުނެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ބަޖެޓް ކޮމެޓީން އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމުން 42.8 ބިިލިޔަން ރުފިޔާއަށް ބަޖެޓް މިހާރު ވަނީ ބޮޑުވެފަައެވެ.

ކިޔުންތެރިންގެ ހިޔާލު