އަނބިކަބަލުން ފާތިމަތު ޔުމްނާއަށް ސަރުކާރުން އެލަވަންސެއް ނުވަތަ މުސާރައެއްވެސް ނުދޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ތައިލޭންޑުން ޕީއެޗްޑީ ހާސިލު ކުރެއްވުމަށް ވަޑައިގަތުމުން ޖެންޑަރ މިނިސްޓްރީގެ ތެރެއިން އެހެން މަގާމެއް އުފައްދައި ކޮންސަލްޓެންޓެއްގެ މަގާމު ދީ ބޭރުގައި ހުންނަވައިގެން ހުރިހާ ހަރަދުތައް ހަމަޖެއްސޭ ވަރުގެ މުސާރައެއް އަނބިކަނބަލުން ޔުމްނާއަށް ދެމުން ގެންދާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ، އޭނާގެ އަނބިކަބަލުން ޔުމްނާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ގައި ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އޭނާއަށް އެއްވެސް މުސާރައެއް، އަދި އިނާޔަތެއް ވެސް ސަރުކާރުން ދެމުން ނުދާކަމަށް އިމްރާން ވިދާޅުވި އެވެ.



ޔުމްނާ ތައިލެންޑަށް ދިރިއުޅުން ބަދަލު ކުރުމުން، ޖެންޑަރ މިނިސްޓްރީގެ ކޮންސަލްޓަންޓަކަށް އައްޔަނު ކުރިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ އަހަރުން ފެށިގެން، ޔުމްނާ ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ.އަދި ޔުމްނާއަށް ކޮންސަލްޓެންޓެއްގެ މަގާމު ދީފައިވަނީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިެުފާ ދެއްވި ނަމަވެސް އެއާއި އެއްވަރުގެ މުސާރައަކާއި އިނާޔަތް ދޭކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު