މި ސަރުކާރުން އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއް ނުދައްކާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތައް ހިނގާގޮތް ހާމަކުރުމަށް ކޮންމެ ބުރާސްފަތި ދުވަހަކު ރައީސް އޮފީހުގައި ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ސަރުކާރު އޮފީސްތަކުގެ އެކި މަގާމުތަކުގައާއި ކުންފުނިތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދައްކަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކައަކީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ ރަސްއޮންލައިނުން ދެންނެވުމުން ތަރުޖަމާން ވަނީ އެކަން ދޮގުކުރަށްވާފައެވެ.
އަދި މިއުވާން ވަނީ، އެއްވެސް އިންތިހާބަކާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފަކަށްވެސް އަދި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވެސް އެއްވެސްކަހަލަ ބިރެއް މި ސަރުކާރުން ނުދައްކާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެއީ އެތެރޭގެ އިންތިހާބެއްވިޔަސް އަދި އެނޫން އިންތިހާބެއް ވިޔަސް މި ސަރުކާރުން އެފަދަ އެއްވެސް ބިރުދެއްކުމުގެ ކަމެއް ނުކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު ޕްރައިމަރީއާއި ގުޅުވައިގެން ސަރުކާރުން މުވައްޒަފުންނަށް ބިރު ދައްކަމުންދާކަމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު