ކަނޑު ބޯޓެއްގެ މައްސަލައިގައި މަޝްހޫރު މޮޑެލް ކައިޒީން، އޭނާގެ ބައްޕަ ގޮވައިގެން ކޯޓަށް ގޮސްފިއެވެ.
ފާތުމަތު ޒަޔާން އިބްރާހީމް ނުވަތަ މަޝްހޫރު ނަމުންނަމަ ކައިޒީން ކޯޓަށް ހުށަހެޅީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާއަށް ނޭގި، އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅުގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ މައްސަލައިގައެވެ.
މި މައްސަލައިގައި ބުނާގޮތުން އެ ބޯޓު ގަތުމަށް 3.6 މިލިއަން ރުފިޔާ ކައިޒީން ވަނީ އޭނާގެ ބައްޕައާ ހަވާލުކޮށްފައެވެ. ނަމަވެސް އެ ބޯޓު އޭނާގެ ބައްޕަގެ ނަން މައްޗަށް ބަދަލުކޮށްފައި ވަނީ ކައިޒީނަށް ނޭނގިކަމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
އެހެންކަމުން ކައިޒީން ހުށަހަޅާފައިވަނީ އޭނާގެ ނަން މައްޗަށް ބޯޓުގެ ރަޖިސްޓްރީ ކުރުމަށް އޭނާގެ ބައްޕަގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ. އަދި މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން ބަދަލުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއްވެސް ނެރެފައެވެ.
އެހެންކަމުން ސިވިލް ކޯޓުން އިއްޔެ ވަނީ ކައިޒީންގެ ބައްޕަ އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ބޯޓުގެ މިލްކުވެރިކަން ބަދަލުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އަމުރު ކޮށްފައިވެއެވެ. އަދި ބޯޓު ކުއްޔަށް ދިނުން ފަދަ ކަމެއްވެސް ނުކުރުމަށް އަމުރު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު