އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނު ކުރުމާއިއެކު އެ ޕާޓީގެ ދަފްތަރުގެ މައްސަލަތަކެއްގެ ވާހަކަ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ދައްކަވާތީ، ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ސަނީފް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވުމަށްފަހު، ނަޝީދު ގެންދަވަނީ އެ ޕާޓީގެ ދަފްތަރު އޮތީ ގަޑުބަޑުކޮށްފައި ކަމަށާއި އެމްޑީޕީގެ "އަސްލު" މެންބަރުން އެ ޕާޓީން ވަކިކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އޮތް މެންބަރުންގެ ލިސްޓާއިއެކު ޕްރައިމަރީއަށް ހިނގައްޖެނަމަ ޕްރައިމަރީގެ ނަތީޖާ އިންސާފުވެރި ވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މިފަދަ ތުހުމަތުތައް ކުރައްވާތީ ސަނީފް މިއަދު ވަނީ، އެވަރުގެ ކަމެއް ހިނގައިގެންދިޔައިރު އެމްޑީޕީގެ ރައީސް ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ފަނަރަ އަހަރު ޕާޓީގެ ރައީސްކަން ކުރެއްވިއިރު އެކަމުގެ ޒިންމާ ނެތީތޯއާއި އެކަން އެނގުނީ އިންތިހާބު ބޯމަތިވީމާތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ.
"މިވީ ހުރިހާ ދުވަހު އިލެކްޝަން ދަފްތަރާއި ހިލާފު ދަފްތަރެއް ގެންގުޅުނީ ކިހިނެއްވެގެންތޯ؟ ޒިންމާތަކުން މަނިކުފާނު ބަރީއަވީތޯ؟ ސަނީފް ވިދާޅުވިއެވެ.
ސަނީފް މިފަދައިން ވިދާޅުވިއިރު ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާއި ގުޅިގެން އެމްޑީޕީންވެސް ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު