އިބްރާހިމް ފަހީމް   22 ޑިސެމްބަރު 2022 - 17:1
މާލޭގެ ގެއެއްގައި އަންހެނަކާއި ފިރިހެނަކާއި ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ފިރިހެން މީހާއަށް ވަޅިން ހަމަލާދިން އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި 37 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން ސެނަހިޔަ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ. އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ އަންހެނެކެވެ.

ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާގެ ބަންދާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެއީ އާއިލީ މައްސަލައެއްގައި ހިނގި ހަމަނުޖެހުމެއްކަމަށް ބެލެވޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު