ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް އުފުލި ދައުވާއާ ގުޅިގެން ހުކުމްކުރުން އަންނަ އާދިއްތަދުވަހަށް ތާވަލްކޮށްފިއެވެ.
ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި ތުހުމަތުކުރާ ކުށްތަކާއި ގުޅިގެން ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލަކީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އުފުލަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.
މި މައްސަލާގެ އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އަންނަ އާދީއްތަދުވަހު މިމައްސަލައިގައި ހުކުމްކުރަން ތާވަލުކޮށްފައެވެ.
އެންމެފަހުން ޚުލާސާ ބަޔާނު އިއްވުމަށް ބޭއްވި މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަނީ މިމައްސަލާފައި ދިފާއުން ހުށަހެޅި ހެކިތަކަކީ ދައުވާއިން ސަލާމަތްވާން ހުށަހަޅާފައިވާ އެއްވެސް ހަގީގަތެއް ނެތް، އުފައްދާފައިވާ ހެކިތަކެއް ކަމުގައި ބުނެފައެވެ.
މިމައްސަލާގައި ދައުވާ ރައްދުވާ ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އާރަށް ވަކި މީހަކަށް ކުއްޔަށްދޭން ކުރި ކަމެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށެވެ. އަދި ރައީސް ޔާމީނަކީ ސިޔާސީ ބޭފުޅަކަށްވުމުން ސިޔާސީ ގޮތުން ލިބޭ ފައިސާއަކީ އޭގެ ތަފްސީލް ދޭންޖެހޭ އަދި ހާމަކުރަންޖެހޭ ފައިސާތަކެއް ނޫންކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު