މާލެ ސިޓީގެ މަގުތަކުގައި ހުއްދަ ނެތި ޕޯސްޓަރާއި ބެނާ ހަރުކުރާނަމަ ދުވާލަކަށް 1000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ފަރާތުންނާއި ތާއީދުކުރާ ފަރާތްތަކުން ޕޯސްޓަރުތަކާއި ބެނާތައް މާލެ ސިޓީގެ މަގުތަކާއި އާއްމު ތަންތަނުގައި ބެހެއްޓުމަށް ނުވަތަ ހިއްޕެމަށް އެދޭ ފަރާތްތަކުން އެކަމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ހުއްދަ ނެތި ބެނާއި ދެމުމާއި އިޝްތިހާރު ބެހެއްޓުމަކީ މަނާކަމެއްކަމަށެވެ. އަދި އެފަދަ ކަމެއްކުރާ ފަރާތްތައް ދުވާލަކަށް 1000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ ގަވާއިދާއި ހިލާފަށް ހުންނަ ތަކެތި މަގުތަކުން ނަގާ، އެ ތަކެތި ނައްތާލާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބޭނެ ގެއްލުމެއްގެ ޒިންމާ ސިޓީ ކައުންސިލުން ނުނަގާނެކަމަށްވެސް ބަޔާނުގައިވެއެވެ.

މާލޭ ސިޓީގެ މަގުތަކާއި އާއްމު ތަންތަނުގައި އިސްތިހާރު ހިއްޕުމާއި ބެނާ ދެމުމުގެ ހުއްދަ ދިނުމާ ގުޅޭ pic.twitter.com/s9oyaQzu74
— Male' City Council (@MaleCitymv) December 22, 2022
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ހުއްދަ ނެތި ބެނާއި ދެމުމާއި އިޝްތިހާރު ބެހެއްޓުމަކީ މަނާކަމެއްކަމަށެވެ. އަދި އެފަދަ ކަމެއްކުރާ ފަރާތްތައް ދުވާލަކަށް 1000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ ގަވާއިދާއި ހިލާފަށް ހުންނަ ތަކެތި މަގުތަކުން ނަގާ، އެ ތަކެތި ނައްތާލާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބޭނެ ގެއްލުމެއްގެ ޒިންމާ ސިޓީ ކައުންސިލުން ނުނަގާނެކަމަށްވެސް ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު