ގުރައެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މީހާގެ ފޮޓޯ އާއްމުކުރުމަށްފަހު ފުލުހުން ބުނީ އެ މީހާއަކީ މިއަހަރުގެ އޮގަސްޓްމަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދާ މީހެއްކަމަށެވެ. ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ އޭނާ ހޯދިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު