މިއަދުގެ ތާރީހު ރީތިވުމުން ކައިވެނިކުރަން ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާފައިވާކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

މިއަދުގެ ތާރީހަކީ 2022-12-22އެވެ. އާއްމު ގޮތެއްގައި ގިނަ މީހުން ކައިވެނިކުރާއިރު ރީތި ތާރީހުތަކަށް ބަލާއިރު، މިއަދުގެ ތާރީހު ރީތިވުމުން ގިނަ ބަޔަކު ވަނީ ކައިވެނި ކުރަން ހުށަހަޅާފައެވެ.

ފެމިލީ ކޯޓުން ބުނީ މިއަދު އެ ކޯޓުން މާލޭގައި 58 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރަސްމީ ގަޑީގައި 25 ކައިވެނި އަދި ނުރަސްމީ ގަޑީގައި 33 ކައިވެނިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފެމިލީ ކޯޓުން ބުނެއެވެ.



ފެމިލީ ކޯޓުން ވަނީ ގިނަ އަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަޤްޞަދުގައި ކާވެނި ޑިވިޜަންގެ މަގާވީ ފަރާތުގައި ޓެންޓުވެސް ޖަހާފައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ރީތި ތާރީހުތަކާއި ގުޅުވައިގެން ކައިވެނިތައް ކުރެެއެވެ.



ކިޔުންތެރިންގެ ހިޔާލު