ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ނެގުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުއްޓާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ރައީސް ނަޝީދު ވިދާޅުވީ، ލަސްވެގެން މިއަންނަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށެވެ. އަދި މިއީ އުފާވެރި ޚަބަރެއް ކަމަށާއި މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވެއެވެ.
ނަމަވެސް، މި މައުލޫމާތު އެ މަނިކުފާނަށް ދެއްވީ އެމަނިކުފާނާ ރައްޓެހި، އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝިީދު މިކަން ހާމަ ކުރެއްވިއިރު މި ބަދަލު ގެންނަން ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނެކަމަށް ބެލެވޭކަމަށް މީގެ ކުރިން ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ ބައްދަލު ކުރައްވާ މިދިޔަ މަހު މަޝްވަރާ ކުރައްވާފައެވެ.
ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު