އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން (އޭޕީޑީޔޫ) ގެ ޗެއާމަނަކަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކޮށްފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނީ އޭޕީޑީޔޫގެ ޗެއަރމަނަކަށް ރައީސް ނަޝީދު އިންތިޚާބުވެފައިވާތީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

އޭޕީޑީޔޫ އަކީ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮތްޕެވެ. މި ޖަމުޢިއްޔާގައި 14 ސިޔާސީ ޕާޓީއެއް ވަނީ ބައިވެރިވެފައެވެ.



މި ޖަމުއިއްޔާގެ އަމާޒަކީ މިނިވަން ވިޔަފާރިއަށް ހިތްވަރު ދިނުމާއި މެންބަރު ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް އެކަށައެޅުމުގައި ތަޖުރިބާ ޙިއްސާކުރުމެވެ.

މި ޖަމިއްޔާގެ ކުރީގެ ޗެއާމަނަކީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން