މާލެ އައިފަހުން ޚަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހދ.ނޮޅިވަރަމްފަރު ނޫރަންވިލާ ހުސައިން އާލިމް ގެއްލިގެން ރިޕޯޓް ކުރުމާއި، ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް މިރޭގެ 21:35 ހާއިރު، މާލެއިން އޭނާ ފެނިފައިވާ ކަމަށެެވެ.
މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:45 ހާއިރު ކަމަށް ފުލުހުން ބުނެއެެވެ. ފުލުހުން ބުނީ ގެއްލުނު މީހާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު