ހދ. ނޮޅިވަރަމްފަރުން މާލެ އައި ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ހދ.ނޮޅިވަރަމްފަރު ނޫރަންވިލާ އުމުރުން 31 އަހަރުގެ ހުސައިން އާލިމް ގެއްލިގެން ރިޕޯޓް ކުރުމާއި، ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެގޮތުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަދި އެ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު