އަހުމަދު މަސްނޫމް   28 ނޮވެމްބަރު 2022 - 20:59
އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ ރައީސް ދުރޯޕަދީ މުރްމޫއަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

އިންޑިޔާގެ ސަފީރުކަމަށް ހ. ޖެހޭވައި، އިބްރާހިމް ޝަހީބް މިދިޔަ މަހު 10 ވަނަ ދުވަހު ވަނީ އައްޔަން ކުރަށްވާފައެވެ. އިންޑިޔާގެ ސަފީރުކަމަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝްތަރަބަތީބަވަންގައެެވެ.

Congratulations to High Commissioner @AmbShaheeb on Presentation of Credentials to the President of #India Droupadi Murmu

Confident that his years of experience in Foreign Service will be an added boost in elevating the #MaldivesIndiaPartnership@rashtrapatibhvn@DrSJaishankar pic.twitter.com/OGI946thOO

— Abdulla Shahid (@abdulla_shahid) November 28, 2022


ޝަހީބްގެ މަގާމު ފަތްކޮޅު އިންޑިއާގެ ރައީސަށް އެރުވުމުން މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އޭނާ މަގާމަށް އައްޔަންކުރުމާއެކު ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ބަދަހިގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގައި ހުންނަ ދިވެހި ސަފީރުކަމުގެ މަގާމު ފުރުއްވާފައެވެ. ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ޝަހީބު ވަނީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރަށްވާފައެވެ.

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ ހުސައިން ނިޔާޒެވެ.



ކިޔުންތެރިންގެ ހިޔާލު