ތ. ވިލުފުށީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީން "ރަސް އޮންލައިން" އަށް ވިދާޅުވީ، އަލިފާން ހިފާފައިވަނީ އެ ރަށު ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓުގައި ކަމަށެވެ. އަދި އެ ދެ ބޯޓު އޮތީވެސް އެއްއުޅަނދު އަނެއްއުޅަނދަށް އައްސާފައިކަމަށާއި އެހެންކަމުން އެއް ބޯޓުގައި އަލިފާން ރޯވުމުން އަނެއް ބޯޓުގައި ވެސް އަލިފާން ހިފީކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހާދިސާ ހިނގީ މިރޭ އިރުއޮއްސުނުހާއިރު ކަމަށެވެ. އަދި ގާތްގަނޑަކަށް ދެ ބޯޓުގެ ވެސް އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ބޯޓުގެ މަތި އެކަށް އަނދައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދެން އޮތް ބޯޓުގެ އެއްބައިގައި އަލިފާން ރޯނުވެ އޮތް ކަމަށާއި، އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި ރައްޔިތުންގެ ބައެއް މީހުން ގުޅިގެން އަލިފާން ނިންވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު