ލަންކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް މއ.މަނާގެ އަލީ ފާއިޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވީ 62 މެމްބަރުންގެ ވޯޓުންނެވެ.

މއ.މަނާގެ، އަލީ ފާއިޒު ލަންކާ ސަފީރުކަމަށް އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުން އެ މައްސަލަ ދިރާސާކުރީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީންނެވެ.

ލަންކާ ސަފީރަކަށް ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގުއެވެ. އެނާ މިހާރު ހުންނަނީ ބެލްޖިއަމް ސަފީރަކަށް އައްޔަންކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު