އެމެރިކާގެ ސަރުކާރުގެ ދަށުން ހިންގާ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިއެވެ.
މި ކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޔޫއެސްއެއިޑްގެ އޭޝިޔާ ސަރަހައްދުގެ ޑެޕިއުޓި އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައޯރއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ޔޫއެސްއެއިޑްއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރެއްވިއެވެ. ހާއްސަ ގޮތުގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް، ޑިމޮކްރަޓިކް ގަވަރމަންޓްގެ ފަދަ ދާއިރާތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި އިތުރު ދާއިރާތަކުން އެހީތެރކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ތަރައްގީއަށް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލާއި، ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝިދު އަދި އެސިސްޓެންޓް ޑިރެކްޓަރ ޝަފާއު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު