ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، ހަރުދަނާކަމާއެކު އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ، އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިފައިންގެ ކޯރއަކީ މެޑިކަލް ކޯރ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
"ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، ހަރުދަނާކަމާއެކު އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ، އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިޒޯސަސް މަދު އެހެން ނަމަވެސް ރިޒޯސްފުލް ކޯރއަކީ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި، ހީވާގި، މެޑިކަލް ކޯރ." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ހަތް ކޯރ އެކުލެވިގެންވާއިރު، މެޑިކަލް ކޯރއަކީ އިސް ކޯރއެއްގެ ގޮތުގައި ސްޓޭޓަސް ދެވިފައިވާ ކޯރއެއް ކަމަށާއި، އެ ކޯރގެ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި، އަބަދުމެ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، 1991 ވަނަ އަހަރު އެ ކޯރގެ ޚިދުމަތްތައް ފެށުނީ، ޔުނިޓެއްގެ ދަށުން އާންމު ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ކުޑަކުޑަ ކުލިނިކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު، ފިސާރި ވަރުގަދަ ކޯރއަކަށް އެ ކޯރ ވެގެން ގޮސްފައިވާ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، އާލަމީ ވަބާގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މި މެޑިކަލް ކޯރ ފިޔަޖަހަމުން، ހިތްވަރާއެކު ރާއްޖޭގެ ހުރިހާ ގިންތިއެއްގައި ހިމެނޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން، މަޤުބޫލުކަން ހޯދައިގެން ދިޔަތަން. އެންމެ އިސްކޮށް އެންމެ ވަރުގަދަކޮށް މަސައްކަތް ކުރަމުންދިޔަ މެޑިކަލް ކޯރގެ ތެރޭގައި މެޑިކަލް ކޭމްޕުތަކާއި، ފްލޫ ކުލިނިކުތަކާއި، މީހުން އުފުލުމާއި މީހުން ބޭލުމާއި، އެތައް ކަމެއް އެންމެ ފްރަންޓުލައިންގައި ކުރަމުން ގޮސް، މިއަދު އާދައިގެ ހާލަތަށް އައުމަށް ޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރި ބަޔަކީ ފަޚުރުވެރި މެޑިކަލް ކޯރ." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
މިގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިތުރުން ވެސް، ރަށްރަށުގައި މެޑިކަލް ކޭމްޕުތައް ބޭއްވުމަށް ދާދި ފަހުން ވެސް ސެނަހިޔާގެ "ލަޝްކަރެއް" ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންގެ ލޯބި އެޓީމުން ހޯދާފައިވާކަން ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މެޑިކަލް ކޯރގެ ތަޞައްވުރާ ބެހޭގޮތުން އަލިއަޅުއްވާލައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ސެނަހިޔާގެ މުސްތަޤްބަލު ފެންނަމުން ދަނީ އުޖާލާކޮށް ކަމަށާއި، މެޑިކަލްގެ ހުރިހާ ދާއިރާއަކުން މީހުން ގުޅި، އެ ޚިދުމަތް ފުޅާކުރެވިގެން ދިޔުމަކީ މިއަދުގެ ލީޑަރޝިޕްގެ ސްޓްރެޓެޖިކް ވިޝަނެއް، އަދި ސްޓްރެޓެޖިކް އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު