މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ދެން ބައްލަވާނީ ގާޒީ ސޮފްވަތު ހަބީބު އެކަނިކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް މީގެކުރިން ވަނީ 3 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ. ނަމަވެސް އެ ބެންޗަށް އައްޔަންކުރި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަނީ މައްސަލަ ބަލާ ބެންޗުން ތަނާޒުލްވެފައެވެ.
އެހެންކަމުން ދެން އެ މައްސަލަ ބައްލަވާނީ ގާޒީ ސޮފްވަތު ހަބީބު އެކަނިކަަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މީގެކުރިންވެސް މި މައްސަލަ ބަލާ ބެންޗު ވަނީ ބަދަލުވެފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 7 މީހެއްގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ ދަނީ ކޯޓުގައި ކުރިއަށެވެ. މީގެތެރެއިން ބޮން ގޮއްވާލި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އިތުރު މީހެއްގެ މައްޗަށް މިހާތަނަށް މި މައްސަލައިގައި ހުކުމް އިއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު