މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައފިއެވެ.
މަޖިލީހުގެ މިއަދު ކުރިއަށްދިޔަ ބަހުސެއްގައި ވާހަކަ ދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ﷲ ޖާބިރު މަތިވެރީގައި ހިންގާ ކާސާ މިއާ ގެސްޓް ހައުސްއަށް އެތައް މިލިއަން ރުފިޔާއެއް ނުދައްކާ އެބައޮތްކަމަށެވެ. އަދި އެތަނުގެ ކަރަންޓް ބިލަށްވެސް އެތައް ލައްކަ ރުފިޔާއެއް ނުދައްކާ އެބައޮތްކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ކާސާ މިއާ ގެސްޓް ހައުސްއަކީ އެރަށުގެ އިގްތިސާދުގެ އެންމެ ބޮޑު އެއް އެސެޓްކަމަށާއި އެތަންތަން މިއަދު އެދަނީ ވީރާނާ ވަމުންކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނަށް ވާ އެއްވެސް ފައިދާއެއް ނެތްކަމަށާއި މިކަމަށް ހައްލެއް ގެންނަންޖެހޭކަމަށް ޒަރީރު ވިދާޅުވިއެވެ.
"އާއްމު ރައްޔިތުން ބިލު ނުދެއްކީމަ ކަރަންޓް ކަނޑާލާ. އެކަމަކު ޖާބިރު ދެކޭ ގަންނާކުރެއްވި ބިރުން އެތަނަށް ކަރަންޓް އެބަދޭ. މަތިވެރީގެ އެންމެހާ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް. ހަތްލައްކަ ހަތްދިހަ ހާހަށް ވުރެ ގިނަ ރުފިޔާ އެބައޮތް ނުދައްކާ. އެތައް ފަހަރަކު ޗެކުތައް ދީފައި، ޗެކުތައް ބައުންސްވެއްޖެ. ކައުންސިލަށް ކުލީގެ ގޮތުގައި އެބައޮތް 5 މިލިއަނެއްހާ ރުފިޔާ ނުދައްކާ.. އެތަނުންވެސް އެއްވެސް އެއްޗެއް ނުލިބޭ." ޒަރީރު ވިދާޅުވިއެވެ.
ޒަރީރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށެވެ. އަދި މަތިވެރި ރައްޔިތުންނަށް ދޭންޖެހޭ ފައިސާއެއް ވިއްޔާ އޮންނާނީ ދެއްވާފައިކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ މަތިވެރި ދާއިރާގެ މެންބަރު ޒަރީރަކީ ޓެރަރިސްޓެއްކަމަށް ސިފަ ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
"އަޅުގަނޑު މަޖިލީހަށް މިއައީ ދެންމެ މަތިވެރިން ފުރައިގެން. މަތިވެރީގެ ރައްޔިތުން ތިބީ އުފަލުން ކާސާ މިއާ ހުޅުވޭތީ. މަތިވެރީގެ ރައްޔިތުންނަށް ދޭންޖެހޭ އެއްޗެއް ވިއްޔާ ވާނީ ދީފައި. ޝަރީއަތުގައި އެއްވެސް މައްސަލައެއް ނެތް. މަތިވެރި ދާއިރާގެ މެމްބަރަކީ ރާއްޖެއިން ސީރިއާއަށް މީހުން ފޮނުވާ ޓެރަރިސްޓެއް. އެ ޓެރަރިސްޓް ކަލޭގެ މިތާނގައި އިނދެ ރައްޔިތުންނަށް އޮޅުވާލަމުން ދާއިރު އަޅުގަނޑުޖެހޭ ޖަވާބުދާރީވާން." ޖާބިރު ވިދާޅުވިއެވެ.
ޒަރީރަކީ ޓެރަރިސްޓެއްކަމަށް ޖާބިރު ވިދާޅުވުމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެހެން މެމްބަރުންނާއި ގުޅޭގޮތުން އެބާވަތުގެ ވާހަކަ ދައްކަންވާނީ އެކަށީގެންވާ ހެކި ހުރެގެންކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން ޖާބިރު ވިދާޅުވީ މަޖިލީހުގައި މެމްބަރު ޒަރީރު ދޮގު ހަދައިގެން ވާހަކަ ދެއްކެވުމުން މަޖިލިސް ރައީސް އެކަން ހުއްޓުވާފައި ނުވާކަމަށެވެ. އެހެންކަމުން ދެ މެމްބަރުންނާއި ދޭތެރޭގައި ދެ ގޮތަށް އަމަލު ކުރި މައްސަލައިގައި މަޖިލިސް ރައީސް ކުއްވެރިވާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް ޖާބިރުގެ އެ ވާހަކަތަކަށް މަޖިލީހުގެ ރައީސް ޖަވާބެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު