ބޭންކުތަކުން އާއްމު ރައްޔިތުންނަށާއި ކުދި ވިޔަފާރިތަކަށް އަތްފޯރާ އަގުގައި ލޯނު ލިބޭނެ މަގުފަހިވާންޖެހޭކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްތަކާއި ގުޅޭގޮތުން އެސްއޯއީ ކޮމިޓީން ދިރާސާކުރެއްވި މައްސަލައަކަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ ބޭންކުތަކުން ރަހުނާއި މޯގޭޖްކުރާައިރު ދުނިޔޭގެ އެހެން ގައުމުތަކުން މިކަން ކުރާ ގޮތް ބަލައިގެން ގެންނަޖެހޭ އިސްލާހުތަައް ގާނޫނަށް ގެންނަންޖެހޭކަމަށެވެ.
ޝަރީފް ވިދާޅުވީ ވިޔަފާރިތަައް ފުޅާވެ ކުރިއަރަމުންދާއިރު، ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ނިޒާމަށް ގެންނަންޖެހޭކަމަށެވެ.
"ރާއްޖެއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ނެތް މާކަންޓައިލް ކޮމާރޝަލް ކޯޓެއް. އެކަމަށް ގާބިލް ފަނޑިޔާރުން ނެތުމުން ކޯޓުތަކުގައި މައްސަލަތައް ލަސްވޭ. މި ޒަމާނުގެ މޯގޭޖް ގާނޫނަކާއި ބެންކްރަޕްސީ ގާނޫނެއް އެކުލަވާލުން ވަރަށް މުހިއްމު." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބޭންކުތަކަށް ދިމާވާ ބައެއް މައްސަލަތަކުން ރިސްކު ބޮޑުވެ، ކޮސްޓް އޮފް ފައިނޭންސް ބޮޑުވުމުން ރައްޔިތުންނަށް ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓް ވަރަށް ބޮޑުވާކަމަށެވެ. ހަމައެގޮތަށް ކުދި ވިޔަފާރިތަކަށް ފައިނޭންސް އާއި ލޯނު ހޯދުމަށްވެސް ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ބޭންކުތަކަށް އެންމެ ގިނައިން މޯގޭޖް ކުރެވޭ އެންމެ އަސާސީ މުދަލަކީ މީހުންގެ ގޯތިކަމަށެވެ. އަދި ގޯތި ގެދޮރު ވިއްކާލަން ޖެހުނީމަ އެތަންތަނުގައި ތިބޭ މީހުން މަގުމަތިވާ ހާލަތްތަކުގައި އެ މޯގޭޖް ތަންފީޒު ނުކުރެވޭ ހާލަތްވެސް ކުރިމަތިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކާއި އަޅާބަލާއިރު އިންޓްރެސްޓް ރޭޓް ބޮޑު ގައުމެއްކަމަށެވެ. އަދި އިންޓްރެސްޓް ބޮޑުވަނީ ލޯނު ދައްކަންޖެހޭ ފަރާތްތަކުން ލޯނު ނުދެއްކުމުން ބޭންކުތަކަށް އެމީހުންގެ ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ބޮޑުވުމުންކަމަށެވެ.
"ކޯޓު މެދުވެރި ނުކޮށް ތަންފީޒުކުރެވޭނެ މޯގޭޖްތަކާއި ކޯޓުތަކުން ތަންފީޒު ކުރެވޭނެ މޯގޭޖްތަކާއި އިމާރާތްތަކުން ކިތައް ފަންގިފިލާތޯ ބަޔާންކުރާ މޯގޭޖް ގާނޫނެއް މުހިއްމު. އެހެންނޫނީ މޯގޭޖް ތަންފީޒު ކުރަން ދިމާވާ ދައްޗަކީ މުޅި އިމާރާތް ވިއްކާލަން ޖެހުނީމަ އެތާނގައި އުޅޭ އެތައް އާއިލާއެއް މަގުމަތިވާނެތީ ކޯޓުތަކަށްވެސް ސަރުކާރަށްވެސް މި އޮންނަނީ މޯގޭޖް ތަންފީޒު ކުރަންޖެހޭ ހާލަތުގައި އެކަން ނުކުރެވުފައި. މިކަންކަމަށް ވަށާ ޖެހޭ ހައްލެއް ބޭނުންވޭ.
މާކެންޓައިލް އެންޑް ކޮމާޝަލް ކޯޓެއް ހަދަން އެބަޖެހޭ.ސިވިލް ކޯޓަކީ ހުރިހާ ވައްތަރެއްގެ މައްސަލަ ބަލާ ތަނެއް.ހާއްސަ ކޯޓެއް ނޫން އެއީ. އެހެންވެ އެފަދަ ކޯޓެއް އޮތުން މުހިއްމު." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވިޔަފާރި ޒަމާނީ ވަމުންދާއިރު، ވިޔަފާރިތަކަށް އަތްފޯރާ ފަށުގައި ލޯނު ލިބޭނެ ގޮތަކާއި އާއްމު ރައްޔިތުން ގެދޮރު ބިނާކުރުމަށް ނުވަތަ އެނޫންވެސް ބޭނުންތަކަށް ފަސޭހަައިން، އަތްފޯރާ އަގެއްގައި ލޯނެ ލިބޭނެ މަގު ތަނަވަސް ވެފައި އޮތުން މުހިއްމުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު